އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ މަޝްރޫޢުތަކެއް ހިންގަން ސަރުކާރުން އިއުލާނުކޮށްފިއެވެ.
އެ ގޮތުން މި މަސް ފެށުނު ފަހުން އެތައް މަޝްރޫޢުއެއް ހިންގަން ވަނީ އިއުލާނުކޮށްފައެވެ. އެންމެ ގިނަ މަޝްރޫޢު އިއުލާނުކުރީ ޔޫތު މިނިސްޓްރީންނެވެ.
ޔޫތު މިނިސްޓްރީން އިއުލާނުކޮށްފައިވާ މަޝްރޫޢުތައް:
ނ.މަގޫދޫ، ލ.މާމެންދޫ، ނ.ލަންދޫ، ދ.ކުޑަހުވަދޫ، ހއ.ކެލާ، ނ. ފޮއްދޫ، ހއ.ދިއްދޫ، އއ.ތޮއްޑޫ، ހދ.ނައިވާދޫ، ރ.އިންނަމާދޫ، ހދ.ނޮޅިވަރަމް މި ރަށްރަށުގެ ވޮލީ ކޯޓު ޤާއިމްކޮށްދޭނެ ފަރާތްތައް ހޯދުމަށް.
ލ.ހިތަދޫ، ބ.ތުޅާދޫ، ހދ.ނޭކުރެންދޫ ހޭންޑްބޯލް ކޯޓު ތަރައްޤީކޮށްދޭނެ ފަރާތްތައްއް ހޯދުމަށް.
ބ.ދޮންފަނު، މ.ވޭވަށް، ހދ.ވައިކަރަދޫ، މ.މުލި، އދ.މަންދޫ، ދ.މާއެނބޫދޫ، ގދ.ނަޑެއްލާ، ރ.އިނގުރައިދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށް.
ހދ.ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން.
ވ.ކެޔޮދޫ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން.
ލ.މާމެންދޫ ފުޓުބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން.
މީގެއިތުރުން ރ.މަޑުއްވަރިއާއި, ހުޅުދުއްފާރު, މުރައިދޫ, ތުޅާދޫ, ދަރަވަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ރެކްޓިފައިކުރުމުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުންތަކުގައި މި މަހު ވަނީ ސޮއިކޮށްފައެވެ.
ހަމައެއާއެކު ހައުސިން މިނިސްޓްރީން ވެސް ވަނީ ބައެއް މަޝްރޫޢުތައް އިއުލާނުކޮށްފައެވެ. އެ ގޮތުން ބިޑަށް ލާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ފުވައްމުލަކުގައި 400 ހައުސިން ޔުނިޓު އެޅުމާއި، ށ.ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އެޅުމާއި، ދ.ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫޢު ހިމެނެއެވެ.
މި މަހުގެ 28 ގައި ބާއްވާ އިންތިޚާބާ ދިމާކޮށް ގިނަ މަޝްރޫޢުތަކެއް އިއުލާނު ކުރަމުންދާއިރު ބަޖެޓުގައި ނެތް މަޝްރޫޢުތައް ވެސް ދަނީ އިއުލާނުކުރަމުންނެވެ.