އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ކުރީގެ ޓޫރިޒަމް މިނިސްޓަރު މަރްޔަމް ޒުލްފާ ނިންމަވައިފިއެވެ.
މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙަށް ތާއީދުކުރައްވާކަން ޒުލްފާ ހާމަކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ޒުލްފާ ވިދާޅުވީ ހަމަ އެންމެ ކަތި ފިޔަވަޅަކުން ޕާޓީ މަގުމަތިވެ 7 އަހަރު އަނިޔާވެެރި ބިރުވެރި ދުވަސްތައް ތަޖުރިބާކުރަން ޖެހުނުކަން މިއަދު ހަނދާންކުރަންޖެހޭ ކަމަށެވެ.
”އެކަން އޯކޭ އެއްނޫން. އެކަން ތަކުރާރުވާކަށްވެސް ނޭދެން.“
އެއް ހަރަކުން މުޢުމިނެއްގެ ގަޔަށް ދެފަހަރަކު ކަށްޓެއް ނުޖަހާނެ ކަމަށް ވެސް ރައީސް ނަޝީދުގެ ޒަޢާމަތުގައި މިނިސްޓަރުކަން ކުރެއްވި ޒުލްފާ ވިދާޅުވިއެވެ.