އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެ މަނިކުފާނު އައްޑުއަށް ވަޑައިގަންނަވަނީ މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށެވެ.
އެ ގޮތުން އައްޑުއަށް ވަޑައިގެން ހޯމަ ދުވަހާއި އަންގާރަ ދުވަހުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެވުމަށްފަހު އެ ދުވަހު މާލެ ވަޑައިގަންނަވާނެއެވެ.
މިދިޔަ ޑިސެމްބަރުމަހު ބޮޑު ތިލަދުންމަތީގެ ރަށްތަކުން ރައީސް ނަޝީދުގެ ކެމްޕޭން ފެށްޓެވިއިރު މިހާތަނަށް އެ މަނިކުފާނު ވަނީ ގިނަ އަތޮޅުތަކަކަށް ޒިޔާރަތް ކުރައްވައިފައެވެ. އެންމެފަހުން ވަޑައިގެންނެވީ ހުވަދުއަތޮޅަށެވެ. އެ ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.
ރައީސް ނަޝީދު އައްޑުއަށް ވަޑައިގަންނަވާއިރު އެ މަނިކުފާނު މީގެކުރިން ވިދާޅުވެފައިވަނީ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ ރަނިންމޭޓަކަށް ނަންގަވާނީ އައްޑޫ ބޭފުޅެއް ކަމުގައެވެ.