ބުރާސްފަތި, ޖޫން 8, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ނިއުޒިލެންޑުގެ ބޮޑުވަޒީރުކަމަށް ކްރިސް ހިޕްކިންސް ކުރިމަތިލައިފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޖެނުއަރީ 22, 2023
ދުނިޔެ
0
ނިއުޒިލެންޑުގެ ބޮޑުވަޒީރުކަމަށް ކްރިސް ހިޕްކިންސް ކުރިމަތިލައިފި

ނިއު ޒިލެންޑުގެ ކޮވިޑް-19ގެ އިޖާބައިގައި އިސްކޮށް އުޅުއްވި ވަޒީރު ކްރިސް ހިޕްކިންސް، އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ކުރިމަތިލައްވައިފިއެވެ. ވެރިކަން ކުރާ ލޭބަރ ޕާޓީން އައު ބޮޑުވަޒީރެއް ޢައްޔަންކުރުމުގެ މަސައްކަތް ފަށާފައި މި ވަނީ، އެ މަޤާމުން އިސްތިޢުފާ ދެއްވަން އުޅުއްވާކަން ޖަސިންޑާ އާޑަރން އިޢުލާނު ކުރެއްވުމާ ގުޅިގެންނެވެ. ފަސް އަހަރާއި ބައިގެ މުއްދަތަކަށް ފަހު، ޖަސިންޑާ އިސްތިޢުފާ ދެއްވާނެ ކަން އިޢުލާނު ކުރައްވާފައި ވަނީ ޖަނަވަރީ 19 ވަނަ ދުވަހުއެވެ.

އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި އިސްތިޢުފާ ދެއްވަން ނިންމަވާފައިވާ ކަން ޖަސިންޑާ އިޢުލާނު ކުރެއްވީ އޭނާގެ ލޭބަރ ޕާޓީގެ މެންބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. އޭނާ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތީ 2017 ވަނަ އަހަރުއެވެ.

ޖަސިންޑާގެ ލޭބަރ ޕާޓީން 2017 ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވީ ގުޅިފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ. ނަމަވެސް، އޭގެ ތިން އަހަރު ފަހުން ބޭއްވި އިންތިޚާބުގައި އޭނާގެ ލޭބަރ ޕާޓީން ވަނީ ކުރި ހޯދައި، އިންތިޚާބު ކާމިޔާބުކޮށްފައެވެ. ނަމަވެސް، ޕާޓީއަށް އޮތް ތާޢީދު ފަހަކަށް އައިސް ވަނީ ދަށްވާން ފަށާފައެވެ.

ޖަސިންޑާގެ ބަދަލުގައި ލޭބަރ ޕާޓީގެ އިސްވެރިޔާގެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ހަމައެކަނި ބޭފުޅަކީ 44 އަހަރުގެ ހިޕްކިންސްއެވެ. އޭނާއަކީ ޖަސިންޑާގެ ސަރުކާރުގެ ފުލުހުންނާއި ތަޢުލީމާ ބެހޭ ވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ބޮޑުވަޒީރުގެ ކަމުގެ މަޤާމަށް ޢައްޔަންކުރުމާ މެދު ޖަނަވަރީ 22 ވަނަ ދުވަހު ލޭބަރ ޕާޓީން ގޮތެއް ނިންމާނެއެވެ.

ހިޕްކިންސްއަކީ ނިއު ޒިލެންޑުގެ ރައްޔިތުންގެ މެދުގައި މަޤުބޫލު ބޭފުޅެކެވެ. މި މަޤުބޫލުކަން އޭނާ ހޯއްދެވީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުމާ އެކު، ބައްޔަށް އިޖާބަދިނުމާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދިޔަ މަސައްކަތްތަކުގައި އެންމެ އިސްކޮށް އަދާކުރެއްވި ދައުރުންނެވެ.

”ނިއު ޒިލެންޑުގެ ރައްޔިތުން އަޅުގަނޑު ދަންނަނީ ކަންކަމާ ވަރަށް ކެރިގެން ކުރިމަތިލާ މީހެއްގެ ގޮތުގައި. ކަމެއް ގޯސްކޮށް ކުރެވިއްޖެ ނަމަ، އެ ކުށެއް ޤަބޫލުކޮށް، އެ ކަމަށް މަޢާފަށް އެދި، އެ ކަމެއް ރަނގަޅު ކުރަން މަސައްކަތްކުރާ މީހެއްގެ ގޮތުގައި،“ ހިޕްކިންސް ވިދާޅުވިއެވެ. ކޮވިޑާ ގުޅިގެން ފުރަބަންދު ކުރުމަށް ފަހު ނިއު ޒިލެންޑު އަލުން ހުޅުވައިލާފައި ވަނީ 2022 އޮގަސްޓު މަހުގެ ތެރޭގައެވެ.

ނިއު ޒިލެންޑުގެ ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ހިޕްކިންސްއަކީ މީހުންނާ ގުޅޭ، ޙިކުމަތްތެރި، ބުއްދިވެރި، އަދި ކަންކަމާ ކެރިގެން ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ ބޭފުޅެކެވެ. ނިއު ޒިލެންޑުގެ ފުލުހުންނާ ބެހޭ ވުޒާރާއާ އޭނާ ހަވާލުވެ ވަޑައިގެންނެވީ 2022 ޖޫން މަހުއެވެ. އަދި، ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ކުށްކުރުން މަދުކުރުމަށް އޭނާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އޭގެ ކުރިން އޭނާ ވަނީ ތަޢުލީމާ ބެހޭ ވަޒީރުގެ މަޤާމާއި، ޢާންމު ޚިދުމަތްތަކާ ބެހޭ ވަޒީރުގެ މަޤާމު ވެސް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފުރުއްވާފައެވެ. އޭނާއަކީ ލޭބަރ ޕާޓީގެ ގިނަ މެންބަރުންގެ ތާޢީދު ވެސް އޮތް ވަޒީރެކެވެ. ޖަސްޓިސް މިނިސްޓަރ ކިރީ އެލެން ވިދާޅުވީ، ހިޕްކިންސްއަކީ ބޮޑުވަޒީރު ކަމުގެ މަޤާމަށް ވަރަށް ޤާބިލުވާނެ ބޭފުޅެއް ކަމަށް ޤަބޫލުކުރައްވާ ކަމުގައެވެ.

ހިޕްކިންސް ތަޢުލީމު ހާސިލުކުރެއްވީ ވިކްޓޯރިޔާ ޔުނިވަރސިޓީން ސިޔާސީ އަދި ކްރިމިނޮލޮޖީގެ ދާއިރާއިންނެވެ. ޤާނޫނު ހަދާ މަޖިލީހަށް އޭނާ އިންތިޚާބުވެ ވަޑައިގަތީ 2008 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާވަނީ ތަޢުލީމާ ބެހޭ ވަޒީރުގެ އިސް މުޝީރެއްގެ ގޮތުންނާއި، ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކްގެ އިސް މުޝީރެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާފައެވެ.

އަންނަ ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ބޮޑުވަޒީރު ކަމުގެ މަޤާމުން ޖަސިންޑާ ވަކިވެވަޑައިގަންނަވާނެއެވެ. އިސްތިޢުފާ ދެއްވި ނަމަވެސް، ޤާނޫނު ހަދާ މަޖިލީހުގެ މިހާރުގެ ދައުރު ހަމަވަންދެން މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް ފުރުއްވާނެ ކަމުގައި ޖަސިންޑާ ވިދާޅުވިއެވެ. އެ ދައުރުގެ މުއްދަތު ހަމަވާނީ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ބިންގަނޑު ކެނޑި 19 މީހުން މަރު، 5 މީހަކު އަދި ނުފެނޭ

ބިންގަނޑު ކެނޑި 19 މީހުން މަރު، 5 މީހަކު އަދި ނުފެނޭ

ޖޫން 7, 2023
ކުރީގެ ނައިބު ރައީސް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ

ކުރީގެ ނައިބު ރައީސް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ

ޖޫން 7, 2023
ސައުދީން ތެޔޮ އުފައްދާ މިންވަރު މަދުކުރަނީ

ސައުދީން ތެޔޮ އުފައްދާ މިންވަރު މަދުކުރަނީ

ޖޫން 6, 2023
ބިމު އަޑީގައި ނިއުކްލިޔާ ބިންގަރާހެއްގެ މަސައްކަތް ފަށައިފި

ބިމު އަޑީގައި ނިއުކްލިޔާ ބިންގަރާހެއްގެ މަސައްކަތް ފަށައިފި

ޖޫން 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0
  • އަޑު ކުރަކިވެ، އަޑު ގޮސްފައިވާ ނަމަ އަންނާރު ޖޫސް ބުއިމުން ފަރުވާ އަކަށް ފުދެ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In