މާލޭގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މަޝްވަރާ ބައްދަލުމެއް ބާއްވައިފިއެވެ.
އެމްއެންޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މާލޭގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށްޓަކައި މާލެ ރީޖަންގެ ދާއިރާތަކަށް ނިސްބަތްވާ ބައެއް ރައީސުންނާއި، ނައިބު ރައީސުންނާ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް އެ ބައްދަލުވުމުގެ އިތުރު މަޢުލޫމާތެއް ހާމައެއް ނުކުރެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއެންޕީން ކެމްޕޭން ހަރަކާތްތައް ހިންގަމުންދާއިރު، އެ ޕާޓީން މިއަދު ވަނ ޅ.އޮޅުވެލިފުށްޓާއި އެ އަތޮޅު ނައިފަރާއި ކުރެންދުއާއި ށ.ފޯކައިދޫގައި ވެސް ހަރަކާތްތައް ހިންގައިފައެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ނާޒިމެވެ.
Verikamaa hedhi ulhey vareh dhw keeke dhen bunaanee..