ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް ޞާލިޙް މިއަދު ފުވައްމުލަކަށް ވަޑައިގެންފައިވާއިރު އެ މަނިކުފާނު އެ ރަށަށް ވަޑައިގަތުމުގެ ކުރިން ނައިބު ރައީސް ފައިޞަލް ގެންދެވީ އެ ރަށުގައި ރައީސް ޞާލިޙަށް ތާއީދު ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ރައީސް ޞާލިޙް ފުވައްމުލަކަށް ވަޑައިގަތީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އެ މަނިކުފާނު ވަޑައިގަތުމުން މަރުހަބާ ވިދާޅުވެ ނައިބު ރައީސް ވަނީ ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
އެކަމާ ގުޅިގެން ފާޑުކިޔުން ވެސް އަމާޒުވެފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ. ރައީސް ޞާލިޙް ވިދާޅުވަނީ މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމުގައެވެ.