އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގައި ވޯޓުލާ ފޮށިތައް ވައިބާއާއި ޓެލެގްރާމްގެ ޒަރީޢާއިން ބެލޭނެ އިންތިޒާމު އެ ޕާޓީން ހަމަޖައްސައިފިއެވެ.
އެމްޑީޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ވޯޓުލާ ފޮށިތައް ވައިބާއާއި ޓެލެގްރާމް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އެ ގޮތުން ޓްވީޓުގައިވާ ލިންކަން ފިއްތައިލުމަށްފަހު RP(space)A000000 ޖަހާފައި ވައިބާ އަދި ޓެލެގްރާމްގައި ހަދާފައިވާ ބޮޓަށް މެސެޖު ކުރުމުން ވޯޓުލާންޖެހޭ ފޮށީގެ މަޢުލޫމާތު ލިބިގެންދާނެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގައި ޖުމްލަ 284 ވޯޓު ފޮށި ބަހައްޓާނެއެވެ. މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވަނީ 57255 މީހުންނަށް ކަމަށް އެމްޑީޕީން ބުންޏެވެ.