ކުޑަ ތަފާތަކުން ހއ.ތަކަންދޫ ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
މިއަދު ބޭއްވި މި އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރީ 34 ވޯޓުގެ ތަފާތަކުންނެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް ފާޠިމަތު ޝައުފާއަށް ލިބުނީ 237 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް ފަހީމާ މުޙައްމަދަށް ލިބުނީ 203 ވޯޓެވެ.
މި އިންތިޚާބުގައި 675 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބުުނުއިރު ވޯޓު ލާފައިވަނީ 448 މީހުންނެވެ.
ފަސް މެންބަރުންގެ ކައުންސިލެއް އޮންނަ ތަކަންދޫގައި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ދެ މެންބަރުން ތިބިއިރު ދެން ތިބީ އެމްޑީޕީ މެންބަރުންނެވެ.