އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފިއެވެ.
ހުވަދޫ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަތީ މިރޭގެ ވަގުތެއްގައެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ގއ.އަތޮޅާއި ގދ.އަތޮޅުގެ ރަށްތަކަށް ވަޑައިގެން ޕާޓީގެ މެންބަރުންނާއި ބައްދަލު ކުރައްވައި ރަށްރަށުގެ ހާލަތު ބައްލަވައިލެއްވިއެވެ.
މި ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުން މިއަދު ހަވީރު ވަޑައިގެންނެވީ ވިލިނގިއްޔަށެވެ. އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.