އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު އަނބުރާ ނަންގަވައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު އަންނަ ރިޔާސީ އިންތިޚާބު ޕާޓީއަށް ހޯއްދަވައި ދެއްވަން މަސައްކަތް ކުރެއްވުން މާ ރަނގަޅުވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރުމުގެ ގޮތުން ރައީސް ޞާލިޙްގެ ޓީމުން އާޓިފިޝަލް ބީޗުގައި ރޭ ވަނީ ބޮޑު ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާއަށް ގިނަ ބަޔަކު ހާޒިރުވިއެވެ.
ޖަލްސާގެ ފޮޓޯއެއް ހިއްސާ ކުރައްވައި ކުރެއްވި ޓުވީޓެއްގައި އަލްހާން ވިދާޅުވީ އެމްޑީޕީ މެޖޯރިޓީ ތާއީދު އޮތީ ރައީސް ޞާލިޙަށް ކަން ފެނިގެން ހިނގައްޖެ ކަމަށެވެ. އެހެންކަމުން ޕާޓީގެ މަސްލަހަތަށްޓަކައި ރައީސް ނަޝީދުގެ ނަން އަނބުރާ ގެންދެވުން ބުއްދިވެރިކަމަށް އަލްހާން ވިދާޅުވިއެވެ.
އެމްޑީޕީ މެޖޯރިޓީ ތާއީދު ސާފުކޮށް މި ފެންނަނީ ރައީސް ޞާލިޙަށް ”އަޅުގަނޑަށް ފެންނަނީ ޕާޓީގެ މަތީ މަސްލަހަތަށްޓަކައި ރައީސް ނަޝީދު ނަންފުޅު އަނބުރާ ނަންގަވައި, ރައީސާއެކީ 2023 ޕާޓީއަށް ހޯއްދަވައިދެއްވަން މަސައްކަތްކުރެއްވުން މާ ރަނގަޅުވާނެކަމަށް.“ އަލްހާން ވިދާޅުވިއެވެ.
ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންފިނަމަ ރައީސް ޞާލިޙްގެ ފަހަތްޕުޅުގައި ނުހުންނަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ވިދާޅުވީ ގޭގައި ހުންނެވުން ވެސް މާ ރަނގަޅުވާނެ ކަމަށެވެ.
ތިއުޅެނީ ވަޅޯވާން ދޯ