އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފުވައްމުލަކު ސިޓީއަށް ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލަކުގެ ކެމްޕޭން ޓީމުތަކާއި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ޞާލިޙް މިހާރު ވަނީ ބައެއް އަތޮޅުތަކަކަށް ވަޑައިގެންފައެވެ.
އެ ގޮތުން ކެމްޕޭނުގައި އެންމެ ފުރަތަމަ ވަޑައިގަތީ ރ.އަލިފުށްޓަށެވެ. އެއީ މި މަހުގެ ފުރަތަމަ ދުވަހުގައެވެ. އޭގެފަހުން ބޮޑު ތިލަދުންމައްޗަށާއި ނ.އަތޮޅަށާއި ބ.އަތޮޅަށާއި ޅ.އަތޮޅަށާއި ލ.އަތޮޅަށާއި އައްޑޫ ސިޓީއަށް ވަޑައިގެންނެވިއެވެ.
ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.