ހއ.ހޯރަފުށީ ކައިރިން ކިނބުލެއް ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެ, ހއ.ހޯރަފުށްޓާ އެއް ފަޅެއްގައި އޮންނަ އުނގުލު ފިނޮޅާއި ހުވަހަންދޫއާ ދެމެދުން މިއަދު ކިނބުލެއް ހިފާފައިވާ ކަމަށެވެ.
އެ ކިނބުލުގެ ދިގުމިނުގައި ގާތްގަނޑަކަށް ހަ ފޫޓު ހުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސިފައިން ވަނީ އެ ކިނބުލުގެ ފޮޓޯއެއް ވެސް ޢާންމުކޮށްފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުން ކިނބޫގެ ތުނބާއި އަތްފައިގައި ވަނީ ޓޭޕް އޮޅައި ނުދެވޭނެ ގޮތް ހަދައިފައެވެ.