ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދެނެއް ސަލާމަތެއް ނުވާނެ ކަމަށާއި ޔާމީނުގެ އަނިޔާވެރިކަމެއް ދެނެއް މި ރާއްޖެއަކަށް ނާންނާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫކޭ މިހެން ވިދާޅުވީ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާ ނިންމައިލައްވަމުން ދެއްކެވި ވާހަކައިގައެވެ.
މޫކޭ ވިދާޅުވީ މިއަދު ވެސް ބިރުވެރިކަން އެބައޮތް ކަމުގެ ވާހަކަ ދައްކާ ކަމަށާއި ނަމަވެސް ބިރުވެރިކަން މިހާރު ނިމިއްޖެ ކަމަށެވެ.
”އެއް ކަމަކީ ބިރެއްގެ ވާހަކަ އެބަ ދައްކާ. ބިރުވެރިކަން ނިމިއްޖެ. އެކަން ސާފުކޮށް ނިމިއްޖެ. ނިންމާފައި ވަގުކަލޭގެ ހިފާ ހައްޔަރުކޮށް އެ އޮތީ ޖަލަށްލާ ވެސް ނިމިފަ. ވަގުކަލޭގެ ޖަލަށްލާ ނިމިއްޖެ.“
މޫކޭ ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ އެ ޕާޓީގެ އެތެރޭގެ އިންތިޚާބެއްކަން ފާހަގަކުރައްވައި އެކަމުގެ ތެރެއަށް ވަދެވަޑައިނުގަތުމަށް ޕީޕީއެމްގެ ބޭފުޅުންނަށް ގޮވައިލައްވާފައެވެ. އަދި 2023 އަށް ކެންޑިޑޭޓަކު ހޯއްދަވައިގެން އެކަމާ އުޅުއްވުމަށް ވެސް ގޮވައިލެއްވިއެވެ.
”އެ ނޫން އިތުރު ކަމެއް ކުރައްވާނެ ކަމެއް ނެތް. ޔާމީނެއް ދެނެއް ސަލާމަތެއް ނުވާނެ. ޔާމީނުގެ އަނިޔާވެރިކަމެއް ދެނެއް މި ރާއްޖެއަކަށް ނާންނާނެ.“
ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާ ސާބިތުވުމުން ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ޙުކުމާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފައިވީ ނަމަވެސް ޕީޕީއެމްއިން ބުނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އަދިވެސް އެމަނިކުފާނު ކަމުގައެވެ.
Adhi furihama vagu kaleyge athulaigannaane, faadu faadah fonikandaane kameh neh fasmaamulunge 5 vagu hifaa hayyaru kuraane Kan yageen, eyge muluvagu adhi faalhuvaane, thimaamenge vakkamuge bodu khiyaanaiy falhaa ereemaa ehen meehun hifaa hayyaru kureemaa fudhuneekamah heenukuraathi.! Gaumuge khazaanaa loveli bayaku ehen meehunah vagah govumakee ladhun bOhalaaku vaa kameh, gudhoa gudhoa goveemaa reechcheh noon, vagey govaan mee MAA thaahiru meeheh tha?
Ameenaa magu ves hadhaa nimijje