އަންގާރަ, ޖޫން 6, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ދިވެހިންނަށް ވެސް ޔާމީން ”އޯކޭއެއް ނޫން“ : ރޮޒައިނާ

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ޖެނުއަރީ 21, 2023
ޚަބަރު
2
ނޫސްވެރިން ޚަބަރު ފަތުރާއިރު ހޯމްވޯކް ހެދުމަށް ރޮޒައިނާ ގޮވާލައްވައިފި

ދިވެހިންނަކަށް ވެސް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ”އޯކޭއެއް ނޫން“ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވަނީ ކުރީގެ ރައީސް ޔާމީނާއެކު ކުރައްވާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށާއި އެ މަނިކުފާނު އޯކޭއެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ޞާލިޙާއި ބައެއް އެހެން މީސްމީހުންނަށް ރައީސް ޔާމީން އޯކޭ ނުވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ގެންދިޔަ މީހުން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ. ތުހުމަތު ކުރެވުނު ގިނަ މީހުންނަށް އޭރުން ފިޔަވަޅު އެޅޭނެ.

”އެމްއެމްޕީއާރްސީގެ މައްސަލަ ދެން ވެސް ބެލޭނީ ރައީސް ޔާމީންގެ ވެރިކަމެއްގައި ޕީޕީއެމްގެ ސަރުކާރުން.“ ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކައާ ގުޅިގެން ރޮޒައިނާ ވިދާޅުވީ ދިވެހިންނަކަށް ވެސް ކުރީގެ ރައީސް ޔާމީން އޯކޭއެއް ނޫން ކަމަށާއި އާދަމް ޝަރީފަށް ވެސް ޔާމީން އޯކޭ ނޫން ކަން އެނގިވަޑައިގަންނަވާ ކަމުގައެވެ.

”ތިހެންދޯ އަބަދުވެސް މި ކިޔަނީ. ޔާމީނަށް އެނގެޔޭ. ބޮޑުބައި ދިޔައީ ޔާމީންގެ އެކައުންޓުތަކަށޭ. އެމްޕީ އާދަމް ޝަރީފް ވެސް އެކަން ގަބޫލުކުރައްވައި ޕަބްލިކްގައި ތިހެން ވިދާޅުވިކަމަށްޓަކައި ޝުކުރިއްޔާ.“ ޝަރީފަށް ރައްދު ދެއްވައި ރޮޒައިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

”ބޮޑުބައި“ ދިޔައީ ޔާމީންގެ އެކައުންޓުތަކަށް ކަމަށް ރޮޒައިނާ ވިދާޅުވިއިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން އެ ކުންފުނިން ރައީސް ޔާމިންގެ އެކައުންޓަކަށް ފައިސާ ޖަމާކުރި މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ގައެވެ.

އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ވަން ފައިސާކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލައްވައި އެއިން ޔާމީން މަންފާ ހޯއްދެވިކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް ސްޕްރީމް ކޯޓުން ވަނީ އެ މައްސަލައިގައި ކުރި ޙުކުމް ބާތިލުކޮށްފައެވެ.

މީގެއިތުރުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ހަމައެއާއެކު އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ނެންގެވި ކަމުގެ ތުހުމަތުގައި ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާގެ ޝަރީޢަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހުރައީސް ޔާމީންރޮޒައިނާ އާދަމްއެމްޑީޕީޕީޕީއެމް

ގުޅުންހުރި ލިޔުންތައް

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ޖޫން 6, 2023
ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ޖޫން 6, 2023
ދިވެހި ރައްޔިތުންނަށް ހިލޭ ގޯތިނުދިނުމަށާއި، ގޯތި ވިއްކަން މެންބަރު އަސްލަމް ގޮވާލައްވައިފި

މަޖިލީހުގެ ރައީސްކަން ހުށަހަޅައިފިނަމަ ހިތުގެ އަޑިން އެކަން ގަބޫލުކުރާނަން: އަސްލަމް

ޖޫން 6, 2023
މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

ޖޫން 6, 2023

Comments 2

  1. OK says:
    4 months ago

    Rozeynaa ok vee kon bayakah tha? Rozeynaa ok eh noon MDP akah DRP akah AP Akah PPM akah keekuran mulhi dhuniyeah ves ROZEYNAA OK EH NOOOOOOOOOOOOOOOOON.

    Reply
  2. Anonymous says:
    5 months ago

    Dhivehinnakah
    Roaina ves ok noon

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In