މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހިމް ފަރީދުގެ ޚާއްސަ ދަރުހެއް ވިލިމާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ވައިޑީ ސްޕޯޓްސް ކްލަބާއި ވިލިމާލޭ ޖަމްޢިއްޔާތަކާ ގުޅިގެން އިންތިޒާމުކުރާ މި ދަރުސް އޮންނާނީ މި މަހުގެ 27 ވާ ހުކުރު ދުވަހުގެރޭ 20:30 ގައެވެ.
”އޭ ޣާފިލުވެފައިވާ ޒުވާނާ“ މި މައުޟޫޢުގެ ދަށުން ޝައިޚް ފަރީދު ދަރުސް ދެއްވަނީ ވިލިމާލޭ ބަނދަރު ސަރަހައްދުގައެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން މީގެކުރިން ވެސް ޝައިޚް ފަރީދު ވަނީ ވިލިމާލޭގައި ޚާއްސަ ދަރުސްތަކެއް ދެއްވައިފައެވެ.