ޒުވާންކަމުގައި ހުންނެވުމުގެ ސިއްރަކީ ކޮބައިކަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވެއްޖެއެވެ.
”ސޯޝަލް“ އަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ ތިހާ ޒުވާންކޮށް ހުންނެވުމުގެ ސިއްރަކީ ކޮބައިތޯ އީވާ އާ ސުވާލު ކޮށްފައެވެ.
ޒުވާންކަމުގައި ހުންނެވުމުގެ ސިއްރަކީ ކޮބައިކަން ވިދާޅުވެދެއްވަމުން އީވާ ވިދާޅުވީ އަންނަ މަހުގައި އޭނާއަށް 45 އަހަރު ފުރޭނެ ކަމަށާއި ހަށިގަނޑު ރީތިކޮށް ބަހައްޓަން އަބަދުވެސް ކަސްރަތު ކުރައްވާ ކަމަށެވެ.
”ވަރަށް ބާރަށް ވަރަށް ގިނައިން ހެން. އަޅުގަނޑު ރަޙްމަތްތެރިންނާއެކު އަޅުގަނޑަކީ ހަމަ ނޮން ސްޓޮޕް ހޭ މީހެއް. ކައިރީގައި ތިބޭ މީހުންނަށް އުނދަގޫވާ ވަރަށް ވެސް. ދެން މޭ ބީ ދެޓްސް އިޓް. އައި ލައިކް ޓު ލާފް.“ ޒުވާންކަމުގައި ހުންނެވުމުގެ ސިއްރު އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އޭނާއަކީ އެހެން މީހުން ދައްކާ ވާހަކައަށް ވަރަށް ގިނައިން ”ހޭ މީހެއް“ ނަމަވެސް އޭނާއަކީ ”މަޖާ މީހެއް“ ނޫން ކަމަށެވެ.