އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ނުޙައްޤުން ޖަލަށް ލައިގެން އުޅެނީ އެ މަނިކުފާނާ ވާދަކުރައްވަން ޖެހިލުންވާތީ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރައީސް ޔާމީނަށް އަމާޒުކުރައްވައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވަނީ ޑިމޮކްރަސީއަށްޓަކައި ވެސް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ހުންނާނެ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ކުރީގެ ރައީސް ޔާމީނާއެކު ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށާއި އެ މަނިކުފާނު ”އޯކޭއެއް ނޫން“ ކަމަށް ވިދާޅުވިއެވެ.
އެ ވާހަކަފުޅާ ގުޅިގެން ޝަރީފް ވިދާޅުވީ އެމްޑީޕީން ކޮންމެ ކެންޑިޑޭޓަކު ނުކުންނެވިޔަސް ރައީސް ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ”އެއްފަހަރުން“ ކަމަށެވެ. ދެން އަންނާނީ ރައީސް ޔާމީންގެ ޒަޢާމަތުގައި ޕީޕީއެމްއިން އެކުލަވައިލާ ރައްޔިތުންގެ ވެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ނުޙައްޤުން ރައީސް ޔާމީން ޖަލަށް ލައިގެން އުޅެނީ ރައީސް ޔާމީނާ ވާދަކުރައްވަން ޖެހިލުންވާތީ.“
ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވީ މިދިޔަ މަހުގެ 25 ގައެވެ. އެ ޙުކުމާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ މަގު މި ވަގުތަށް ރައީސް ޔާމީނަށް ވަނީ ބަންދުވެފައެވެ.
ވައްކަން ކުރީމާ ޖަލަށްލާން ޖެހެއެވެ. އެހެރަ ހަދަމުންދާ ގަޑުވަރު ދިވެހިންގެ މިލްކަކަށް ވާނެ ދުވަހުގެ އިންތިޒާރުގައި އެތަށް ބަޔަކު އެބަތިއްބެވެ.
ކޯޓް ޙުކުމެއް ނެތި ތޯ ޖަލަށްލީ? ވައްކަންކުރުމުން ޖަލަށް ލާންވީ ނިކަމެތި ރައްޔިތު މީހާ އެކަނިތޯ?
ވައްކަން ކޮށްގެން ޖަލަށްލީ ސަރިއަތަށް ސާބިތުވެގެން