އަދިތިޔާ ރޯއި ކަޕޫރާއި އަނިލް ކަޕޫރްގެ ކުރިމަތިލުންތަކެއް ފެންނާނެ ވެބް ސީރީޒް ”ދަ ނައިޓް މެނޭޖާ“ ޓްރެއިލާ ދައްކާލައިފި އެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭން ހަމަޖެހިފައިވާ މި ސީރީޒަކީ ހަމަ އެ ނަމުގައި ބީބީސީ ވަން އިން 2016 ގައި ގެނެސްދިން ސީރީޒްގެ ރިމޭކެކެވެ.
ދަ ނައިޓް މެނޭޖާ“ ގައި ދައްކުވައި ދޭނީ ހަތިޔާރުގެ ވަގު ވިޔަފާރިކުރާ ނުފޫޒު ގަދަ ވިޔަފާރިވެރިއަކު އަތުލައި ގަތުމަށް ހޮޓަލެއްގެ ނައިޓް މެނޭޖަރެއްގެ ބޭނުން ހިފާ ގޮތެވެ.
މީގެ ހިންދީ ވާޝަންގެ ކާސްޓްގައި ސޮބީތާ ދުލިޕާލާ، ޓިލޮތާމާ ޝޯމް، ސަސްވަތާ ޗެޓަޖީ، ރަވީ ބޭލް، އަރިސްތާ ސިންގް މެހެތާ، އާކާޝްދީޕް ސަބީރް، ޝްރެނިކް އަރޯރާ އަދި ރޭޝް ލާމްބާ އެވެ. ”ދަ ނައިޓް މެނޭޖާ“ ގެ ހިންދީ ރިމޭކްގެ ޑައިރެކްޓަރަކީ ސަންދީޕް މޯދީ އެވެ.
ހަ އެޕިސޯޑަށް ގެނެސްދިން މީގެ އޮރިޖިނަލް ސީރީޒް ސޫޒަން ބިއާ ޑައިރެކްޓްކުރި އިރު، މައިގަނޑު ކާސްޓުންނަކީ ޓޮމް ހިލެޑްސްޓަނާއި ހިއު ލޯރީ އާއި އޮލީވިއާ ކޮލްމަން އާއި އެލިޒަބަތު ޑެބީކީގެ އިތުރުން ޓޮމް ހޮލެންޑާ އެވެ.
”ދަ ނައިޓް މެނޭޖާ“ ގެ ހިންދީ ވާޝަންގެ ސްޓްރީމްކުރަން ފަށާނީ އަންނަ މަހުގެ 17 ގަ އެވެ.