ހޮނިހިރު, ޖޫން 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

މަހްލޫފްގެ ފާޑުވިދާޅުވުން ނަޝީދަށް: ”ވެރިކަމަކީ ހަމައެކަނި މާލޭ މީހުން ކުރަން އޮތް ކަމެއްނޫން“

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ޖެނުއަރީ 21, 2023
ޚަބަރު
0
މަހްލޫފްގެ ފާޑުވިދާޅުވުން ނަޝީދަށް: ”ވެރިކަމަކީ ހަމައެކަނި މާލޭ މީހުން ކުރަން އޮތް ކަމެއްނޫން“

ވެރިކަމަކީ ހަމައެކަނި މާލޭ މީހުން ކުރަން އޮތް ކަމެއްނޫން ކަމަށް ވިދާޅުވެ ކުޅިވަރާބެހޭ ވަޒީރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކައިގައި ރައީސް ނަޝީދަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި މަހްލޫފް ވިދާޅުވީ މައްސަލައަކީ ތިމާމެން އެންމެ ބޭނުންވާ މީހާ މި ވަގުތު ވެރިކަމުގަ ނެތުން ކަމަށެވެ.

މަހްލޫފް ވިދާޅުވީ ”އަޅުގަނޑުމެން އެންމެން އެންމެ ހިތްއެދޭ އެންމެ ބޭނުންވާ ކަންތައް ފަހަރެއްގަ ނުވެ ހުރެދާނެ“ ކަމަށާއި އެކަންކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

”އެ ރިއަލިޓީ ގަބޫލުކުރަން އެބަޖެހޭ.“

”މައްސަލައަކީ ރާއްޖޭގެ ކުޑަ ރަށެއްގެ ރައްޔިތަކު ބޭފުޅަކު އައިސް ރާއްޖޭގެ ވެރިކަން ކުރާތީ. ހަމައެކަނި މާލޭ މީހުން ކުރަން އޮތް ކަމެއް ނޫނޭ ވެރިކަމަކީ.“ މަހްލޫފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ޢިޝާރަތް ކުރައްވައި މަހްލޫފް ވިދާޅުވީ މައްސަލައަކީ ވަކި ބޭފުޅަކު ވިދާޅުވާ ގޮތަށް ކެބިނެޓަށާއި ސިޔާސީ ހުރިހާ މަޤާމުތަކަށް މީހުން އައްޔަން ނުކުރެއްވުން ކަމަށެވެ. އަދި މައްސަލައަކީ ވިދާޅުވާހައި ގޮތަކަށް ރައީސް ޞާލިޙް “ޕަޕެޓެއްހެން ވެރިކަން ކުރަމުން ނުގެންދިއުން“ ކަމަށާއި ހުރިހާކަމެއް ވިދާޅުވާ ގޮތަކަށް ނުކުރެއްވޭނެ ކަމަށެވެ. އަދި މައްސަލައަކީ ވެރިކަން ތިމަންނާއަށް ދެއްވީ ވެސް ތިމަންނާ އެކަނި ކަމާ ވެރިކަމުން ބާލާނީ ވެސް ތިމަންނާ އެކަނި ކަމަށް ގަބޫލު ކުރެވޭ ކުރުން ކަމުގައެވެ.

ވެރިކަމަށް ވާދަކުރެއްވުމަކީ ވެސްވެރިކަމަށް ޝައުގުވެރިވުމަކީވެސް ކޮންމެ މީހަކަށް އޮތް ޙައްޤެއް ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

”ނަމަވެސް އަޅުގަނޑުމެންގެ ޕާޓީތެރެއިން ވެރިކަމަށް އަންނަން އެ މަސައްކުރާ ކުރުމަކީ އަމިއްލަ ޕާޓީތެރޭގަ އޮޅުވާލުމާއި ދޮގު ހެދުމާއި މަކަރު ހެދުމުގެ ތެރެއިން ކުރާ ކަމަކަށްވާނަމަ އަޅުގަނޑު އެކަމާ ވަރަށް ދެރަވޭ. އަމިއްލަ ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއާ އަދި ސަރުކާރާ ވައްކަމުގެ ތުހުމަތާއި ބޮޑެތި ޖަރީމާތަކުގެ ތުހުމަތު އަޅުވަމުން ގެންދާކަމީ ހަމަ އެހެންމެ ބެސްޓް ފްރެންޑް ހަތުރަކަށް ބަދަލުވެގެންދާ ގޮތަށް ކަންތައް ބަދަލުވެގެންދާކަމީ އަޅުގަނޑު ހިތާމަކޮށް ދެރަވާ ކަމެއް. ޕްރައިމަރީ ކާމިޔާބު ނުކުރެވިއްޖެނަމަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާނެ ވާހަކަ ނޫންނަމަ ގޮސް ހުންނަވާނީ ގޭގައިކަމަށް ވިދާޅުވާ ވާހަކައަކީ އަޅުގަނޑުމެންނަށް އަޑުއަހަން ޑިމޮކްރަސީއާ ބީރަށްޓެހި ވާހަކައެއް.“ މަހްލޫފް ވިދާޅުވިއެވެ.

ދާދިފަހުން ނ.ކެނދިކުޅުދުއަށް ވަޑައިގެން ސަޕޯޓަރަކު ކުރި ސުވާލަށް ޖަވާބ ދެއްވަމުން ނަޝީދު ވިދާޅުވެފައިވަނީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންފިނަމަ ރައީސް ޞާލިޙާއެކު ނުހުންނަވާނެ ކަމަށެވެ.

”އަހަރެން އެކަނި ގޮސް ގޭގަ ހުރީމަ ނިމުނީނު.“ ނަޝީދު އެ ދުވަހު ވިދާޅުވިއެވެ.

Tags: ރައީސް މުހައްމަދު ނަޝީދު

ގުޅުންހުރި ލިޔުންތައް

ބުރިޖު މަތިން ދަތުރުކުރަމުންދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ

ބުރިޖު މަތިން ދަތުރުކުރަމުންދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ

ޖޫން 3, 2023
މޮޓޯކޭޑަށް ހުރަސްއަޅައިގެން ހައްޔަރުކުރީ ހަތަރު މީހުން

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި 5 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ޖޫން 3, 2023
ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

ހަށިވިއްކި މައްސަލާގައި ހައްޔަރުކުރި އެކަކު ދޫކޮށްލައި 12 މީހުން ބަންދުގެ މުއްދަތު އިތުރުކޮށްފި

ޖޫން 3, 2023
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް އައްޑުއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް އައްޑުއަށް ފުރާވަޑައިގެންފި

ޖޫން 3, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • އަހަރެން ބަރަހަނާކުރަން ޑައިރެކްޓަރަކު އުޅުން- ޕްރިޔަންކާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In