ވެރިކަމަށް ވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއެކު ކޯލިޝަން ހައްދަވާފާނެތީ ބިރުހީވެވަޑައިގަންނަވާ ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ އެހެން ވިދާޅުވީ އާޓިފިޝަލް ބީޗުގައި މިރޭ ބާއްވަމުންދާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ދާދިފަހުން ރައީސް ނަޝީދު ވަނީ އެ މަނިކުފާނާއި ޕީޕީއެމްއާއި ދެމެދު އޮތް ޚިޔާލު ތަފާތުވުމަކީ ހަމައެކަނި އެ ޕާޓީން އިންޑިއާއާ ދެކޮޅުވުން ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ ނޫން ޚިޔާލު ތަފާތުވުމެއް ނެތް ކަމަށާއި ރައީސް ޔާމީނަކީ ވަރަށް އިންޓަލެކްޗުއަލް ބޭފުޅެއް ކަމުގައެވެ. އަދި ޔާމީނަކީ ވަރަށް އެކަޑެމިކް ބޭފުޅެއް ކަމަށާއި ތަންދޮރު ދަންނަ ވިޝަނެއް އޮތް ބޭފުޅެއްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
”މިހާރަކަށް އައިސް މި އިވެނީ ރައީސް ނަޝީދު ވިދާޅުވާ އަޑު ރައީސް ޔާމީނާ އެމަނިކުފާނާ އެއްގޮތޭ. އިންޑިއާ އައުޓް ފިޔަވައި އެ މަނިކުފާނާއި ރައީސް ޔާމީންގެ ސިޔާސަތުތައް ކަމުދާ ވާހަކަ. އަޅުގަނޑުމެންނަށް މި އިވެނީ ރައީސް ޔާމީނަކީ ވިޝަނަރީ ވިދާޅުވަމުން ރައީސް ނަޝީދު ވަޑައިގަންނަވާ ތަން.“
މާރިޔާ ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ނަޝީދު ކުރީގެ ރައީސް ޔާމީންއެކު ކޯލިޝަން ހައްދަވާފާނެތީ ބިރުހީވެވަޑައިގަންނަވާ ކަމުގައެވެ.
”އެ މަނިކުފާނު އެބަދައްކަވާ ކޯލިޝަނެއްގެ ވާހަކަ ވެސް. އެހެންކަމާއެކު މިއަދު އަޅުގަނޑަށް ހަމަގައިމު ވެސް އެންމެ ބިރުހީވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާއެކީ ކޯލިޝަނެއް ހައްދަވާފާނެތީ.“ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ ވިދާޅުވިއެވެ.
އެއަށްފަހު މާރިޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރައީސް ޔާމީންގެ ދައުރުގައި ކަން ހިނގާ ދިޔަ ގޮތަށް އަލިއަޅުވައިލައްވާފައެވެ.
މާރިޔާ ފާހަގަކުރެއްވި ކަންކަން:
ރައީސް ޔާމީން އޭރުގައި ތިއްބެވި ސިޔާސީ ލީޑަރުން ޖަލަށް ލެއްވި.
ރައްޔިތުން މަޖިލީހުގެ އެތައް މެންބަރެއްގެ ގޮނޑި ގެއްލުވައިލި.
ރައްޔިތުންގެ މަޖިލިސް ހިޞާރު ކުރެއްވި.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ދެން ހުންނެވި ދެ ފަނޑިޔާރުން ހައްޔަރުކުރެއްވި.
”އަޅުގަނޑުމެން ނުހަނު ލޯބިވާ ރައީސް ނަޝީދު ނުކުމެވަޑައިގެން ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމާ އަޅުގަނޑުމެން ހިތަށް އުނދަގޫވޭ. އަޅުގަނޑުމެން ޖަޒުބާތުގައި ޖެހިގެން ވެސް އެ މަނިކުފާނު އެފަދަ މޮޔައެއް އެކަހަލަ ކަމެއް ކުރެއްވިޔަ ދީގެން ނުވާނެ.“ މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވަނީ މި މަހުގެ 28 ވަނަ ދުވަހު އޮންނަ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙަށް ވޯޓު ދިނުމަށް ވެސް އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ގޮވައިލައްވާފައެވެ.
RY dheke haadha bireh ves mi makkaaru sarukaaru ganeyey,
Ehenve thaa inthikhaabeh boamathivaa komme faharaku RY ah dhogu dhauvaa thakeh Koh haraam hukun mi kuranee, RY jalalee kamah Maariyaa thi kiaa memes meehun jalah lee kon kameh koggen thoa ves Maariyaa kiaa bala.! Jalah lee sajidhaagaa ovvathoa? Maariyaamen bunaa gothah mi bunee, RY akee ves gaanoonee gothun raiyyathun 5 aharuge dhaurakah hovaafa huri raeeseh, thi kiaa jalah lee meesthakun gaanoonaa khilaafah RY ge verikan vattaalan nukuraanee kon kameh thoa, Maariyaa? Thi MDP verikamah gennan vegen Annan vegen RY ah nukuraanee kon aniyaaeh thoa, mihaaruves jaabiru men kahala meehun e govanee RY verikan vattaalan koatu thakashaa dhen thibi bayakah faisaa dheyn vegen jaabirumen athun negi milionun milonun faisaa gandu nudhey vaahaka, Emme fahun RY ge aailaa ekkon hulhujahan andhaalan vegen RY dhathurufulhu kurevvi loanchkolhu ves govvaali, dhen kon jalegge vaahaka mi dhakkanee.!!?