ހުކުރު, ފެބްރުއަރީ 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ގައުމަށް ސިޔާސީ އަދި އިގުތިސާދީ ދަތިކަން: ލީޑަރޝިޕަށް އިމްތިޙާނެއް

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ލިޔުނީ: މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
ޖެނުއަރީ 20, 2023
ރިޕޯޓް
0
ގައުމަށް ސިޔާސީ އަދި އިގުތިސާދީ ދަތިކަން: ލީޑަރޝިޕަށް އިމްތިޙާނެއް

ގްރެފިކްސް: ދިޑެއިލީ

ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި ސިޔާސީ މުސީބާތުގެ ވަރުގަދަކަން  މެދުކެނޑުމެއްނެތި އިތުރުވަމުން އެބަ ދެއެވެ.

ރިޔާސީ ޕްރައިމަރީއާ ހެދި އެމްޑީޕީ ވަނީ ދެ ފަޅި ވެފައެވެ. ދެފަރާތުގައި ތިބި އަނގަގަދަ މީސްމީހުން ދަނީ އެއްބަޔަކު އަނެއްބަޔަކަށް ފާޑު ކިޔައި ހަޑިހުތުރު ހާވަމުންނެވެ.

އެމްޑީޕީއަށް ދިމާވެފައިވާ އެންމެ ބޮޑު ދެރައަކީ ޕާޓީގެ ރައީސް، ރައީސް ނަޝީދާއި ގައުމުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވިދާޅުވަމުން ގެންދަވާ ފާޑުކިއުންތަކެވެ. އެއީ ޑިމޮކްރަސީގެ ތިން ހަމަ ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންނަށް އެއީ ހަމަ ކަމަށްވިޔަސް އަދި ވަރިހަމަ ކަމަށް ވިޔަސް އެކަމުން ޕާޓީއަށް ބޮޑު ގެއްލުމެއް ނުލިބިއެއް ނުދާނެއެވެ. ޕާޓީގެ އެތައް ހާސް އާންމު މެންބަރުން ތިބީ އެކަމާ ހާސްވެ ފިކުރު ބޮޑުވެފައެވެ.

ކޯލިޝަން ގައި ހިމެނޭ ލީޑަރުން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިދަށުގައި ޕްރައިމަރީގައި އެ މަނިކުފާނަށް ވޯޓު ނުދެއްވޭނެ ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވިއެވެ. ރައީސް މައުމޫނާއި އެ މަނިކުފާގެ ސަޕޯޓަރުންނެވެ. ގާސިމް އިބްރާހީމާއި އެ މަނިކުފާނުގެ ސަޕޯޓަރުންނެވެ. ޢިމްރާން އާއި އެ މަނިކުފާނުގެ ސަޕޯޓަރުންނެވެ. އަދި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަޕޯޓަރުންނެވެ.

ރައީސް ނަޝީދުގެ އަރިހުގައި ތިއްބެވީ އެމްޑީޕީއަށްޓަކައި މަރުދިން އަދި މަރުދޭން ތިބި މީސްމީހުންނެވެ. އެ މީހުން ގަބޫލު ކުރާގޮތުގައި ރައީސް ޞާލިޙުގެ އަރިހުގައި ތިއްބެވީ އަމިއްލަ އެދުމަށްޓަކައި، ވަޒީފާއަށް ޓަކައި ކުލަބަދަލުކޮށްގެން އުޅޭ ދެފުށް ކެހެރިންނެވެ. އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު ރައީސް ނަޝީދަށް ހެއު ފާހަގަ ޖަހާނެއެވެ.

ނަޝީދާއި ސަޕޯޓަރުން

ރާއްޖެ ރިޔާސީ އިންތިޚާބުގެ ކުރިން ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ފުރޮޅިގެން ގޮސްފައި ވަނީ އެމްޑީޕީން ރިޔާސީ އިންތިޚާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ބޯމަތިވެ ވާދަވެރިކަން ބޮޑުވުމުންނެވެ. ހަމައެޔާއެކު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލަށް ލެވުމުންނެވެ. އެ މަނިކުފާނު ޖަލުން މިނިވަންކުރުމަށް ޕީޕީއެމްގެ ވަފާތެރިން ގައުމާއި ގައުމުން ބޭރުގައި ދަނީ ބުރަ މަސައްކަތް ކުރަމުންނެވެ.

ރައީސް ޔާމީން މާފުށީ ޖަލަށް ގެންދަނީ. ފޮޓޯ: އަދަދު

ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަނި އިންތިހާއަށް އިތުރުވެ، އިގުތިސާދީ ކުރިއެރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީ، ދެބައިވެ އެއްބަޔަކު އަނެއްބަޔަކަށް ގުދޯގުދޯ ގޮވަން ފަށައި ކެމްޕޭނުގެ ފޯރީ ގަދަވާން ފެށުމުން މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައި ވަނީ މި މަހު 28ގައި ބާއްވާ ޕްރައިމަރީގެ ނަތީޖާއަށެވެ.

ސިޔާސީ ހަލަބޮލިކަމާއި ޔަގީންކަން ނެތް މާހައުލެއް އުފެދި ސިޔާސީ ނުތަނަވަސްކަން މުޅިގައުމަށް ފެތުރި އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރު ނެތްކަމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެކަމުގެ ސަބަބުން ސިޔާސީ ތޫފާނެއް އުފެދި އޭގެ ނުރައްކާ މުޅި ގައުމަށް ފެތުރިގެން ހިނގައިދާނެއެވެ. މިއީ ގައުމީ ފެންވަރުގައި ވިސްނަންޖެހޭ ކަމެކެވެ.

ސިޔާސީ ނުތަނަވަސްކަން ނިމުމަކަށް ގެނެސް، ސިޔާސީ އަދި އިގުތިސާދީ ހަމަޖެހުމުގެ މަގުގައި ގައުމު ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމަށް ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ހިމެނޭ ގޮތަށް ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

މިއީ ސިޔާސީ ލީޑަރުންނާއި ދައުލަތުގެ މުއައްސަސާތަކުން ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު އުކުޅުތަކުގެ ބޭނުންކޮށްގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ދަނޑިވަޅެވެ. ގައުމުގައި ދަނީ ސިޔާސީ ހަލަބޮލިކަން އިތުރުވެ ސިޔާސީ ނުތަނަވަސްކަން ފެތުރެމުންކަން ހެއު ހިތުން ގަބޫލުކުރަން އެބަ ޖެހެއެވެ. މި ސިޔާސީ ދަތިކަމުން އަރައި ގެނެވޭނެ ގޮތެއް ހޯދުމަކީ ސިޔާސީ ލީޑަރުންގެ ޒިއްމާއެކެވެ. އެމީހުންނަށް ކުރިމަތިވެފައިވާ އިމްތިހާނެކެވެ.

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތީ ޕްރެޝަރު: ނަޝީދަށް ބޭނުންފުޅީ ބާރާއި ވެރިކަން

ކުރިއަށް އޮތީ ޕްރެޝަރު: ނަޝީދަށް ބޭނުންފުޅީ ބާރާއި ވެރިކަން

ފެބްރުއަރީ 2, 2023
މިވަގުތު ޓެކްސް ބޮޑުކުރުން ރަނގަޅެއް ނޫން: އައިއެމްއެފް

2023 ފެށިއްޖެ: ދެން މިގައުމަށް ވާނީ ކިހިނެއް؟

ޖެނުއަރީ 1, 2023
ސިޔާސީ ބޭފުޅުން ރާއްޖެއާ މެދު އޯގާތެރިވެ ވަޑައިގަންނަވާ!

ސިޔާސީ ބޭފުޅުން ރާއްޖެއާ މެދު އޯގާތެރިވެ ވަޑައިގަންނަވާ!

ޑިސެމްބަރ 24, 2022
އާފަލަކުން ޖީއެސްޓީ ނުނެގި ނަމަވެސް ވިޔަފާރިވެރިޔާ އާފަލު ވިއްކާ އަގު ބޮޑު ކުރީ ކީއްވެ؟

އާފަލަކުން ޖީއެސްޓީ ނުނެގި ނަމަވެސް ވިޔަފާރިވެރިޔާ އާފަލު ވިއްކާ އަގު ބޮޑު ކުރީ ކީއްވެ؟

ޑިސެމްބަރ 12, 2022

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތުލުސްދޫއިން މީހަކު ކޯވިޑްއަށް ފައްސިވެއްޖެ

    ލޯންޗު އެކްސިޑެންޓެއް: ބައެއް ގުނަވަންތައް ވަކިވެ ލިބުނު އަނިޔާތަކާ ގުޅިގެން މީހަކު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • އެމްޑީޕީގެ ފުވައްމުލަކު ދާއިރާގެ ރައީސް މަޤާމުން އިސްތިއުފާ ދީ ޕާޓީން ވަކިވެއްޖެ

    0 shares
    Share 0 Tweet 0
  • ފަތުރުވެރިޔާ ނިޔާވި މައްސަލައިގައި ލޯންޗް ޑްރައިވަރު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ފިރިހެނެއްގެ ބަރަހަނާ މަންޒަރު ފޮޓޯ ނަގައި، ބިރުދައްކައި، ފޭރުނު އަންހެނަކު ޖަލަށް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In