އެމްއެންޕީގެ ވެރިކަމެއްގައި ވަޒީފާ ނުލިބޭނެ ޒުވާނަކު ނުބަހައްޓާނަން ކަމަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ޖަގަހައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތެއްގައި ނާޒިމް ވިދާޅުވީ ޒުވާނުންނާ ދޭތެރޭ އެމްއެންޕީން ވިސްނުންތަކެއް ގެންގުޅޭ ކަމަށާއި އެމްއެންޕީގެ ސަރުކާރެއްގައި ވަޒީފާ ނުލިބޭނެ ޒުވާނަކު ނުުބަހައްޓާނަން ކަމަށެވެ.
”އަޅުގަނޑުމެންގެ ވިސްނުމެއް އެބައޮތް ޒުވާނުންނަށް. އަޅުގަނޑުމެން ޒުވާނުންނާ ދޭތެރޭގަ ވިސްނަމުން މިދަނީ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ވަޒީފާ ނުލިބޭނެ ޒުވާނަކު ނުުބަހައްޓާނަން.“
ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށް އެމްއެންޕީގެ ވެރިކަމެއްގައި ރާއްޖެއަށް ޑްރަގް އެތެރެކުރުން ހުއްޓުވޭނެ ހުރިހާ ގޮތަކަށް ކަންކަން ކުރާނެކަމަށެވެ.
”ޑްރަގް ނޫނީ މިކަހަލަ ގޯސް އަމަލުތައް އާދަވާ އެއްޗެހި އަދި އެތެރެވެގެން ހުއްޓުވެނީކީ ނޫނޭ. އެއްޗެހި އަތުލައިގެންފައި އެއްޗެހި ގެއްލެން ވެސް ގެއްލެނީ. ވަރަށްފަހުން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އެތައް ކިލޯއެއްގެ ޑްރަގް އެތެރެވެ އެއާޕޯޓުގަ ހުއްޓާ ގެއްލުނީ. މީ ކާކުގެ އިހުމާލެއް ތޯ. އިހުމާލުވާނެ ސަރުކާރެއް ނެތް.“
ނާޒިމް ވިދާޅުވީ ފެންނަނީ ޤައުމަކާ ޤައުމެއް ދޫކޮށްލާފައި ތަޅާފޮޅާފައި އެ މީހަކާ އެ މީހަކު އުޅޭތަން ކަމަށެވެ.
”ޒުވާނުން ވިސްނަވާ. މި ސަރުކާރަކީ ޒުވާނުންނަށް އަޅާލާ ސަރުކާރެއް ނޫން. މި ސަރުކާރުގަ ކުރާހާކަމަކީ ތަޅާފޮޅައި ކާކަށްތޯ ދެން ވެރިކަން ލިބޭނީ ބެލުން.“
ނާޒިމް ވަނީ ޒުވާނުން މަގުމަތިވެފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ.
ރައީސް އިބޫއާއެކު ކޯލިޝަން ހެދުމަށް ތައްޔާރުވޭ