ކ.ކުޑަގިރި ފަޅުގައި ތަރައްޤީކުރި ޕިކްނިކް އައިލެންޑް ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ ކުޑަގިރީގެ ހުރިހާ މަސައްކަތްތަކެއް ނިންމައި އެ ރަށް ޢާންމުންނަށް ހުޅުވައިލަން ތައްޔާރުވެފައިވާ ކަމަށެވެ.
ރަށް ހުޅުވާލާއިރު ޢާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމާއި އެހެނިހެން ވަސީލަތްތައް ވެސް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މީގެއިތުރުން ކުޑަގިރީގައި ކައިވެނި ހަފުލާތަކާއި އުފަންދުވަހުގެ ޕާޓީތަކާއި އެއްވުންތަކާއި ކޯޕަރޭޓް އިވެންޓުތައް ވެސް ބޭއްވުމަށް ވެސް ފުރުސަތު ލިބިގެންދާނެއެވެ. އަދި ޑައިވިންއާއި ވޯޓާ ސްޕޯޓްސްގެ އެކި ހަރަކާތްތަކުގެ އިތުރުން ފަތުރުވެރިންނަށް ވެސް އެ ރަށަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ކުޑަގިރި ހުޅުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ބުނި ނަމަވެސް އެ ރަށް ހުޅުވާނެ ވަކި ތާރީޚެއް ހާމައެއް ނުކުރެއެވެ.