ބަތަލާ ޝާލީން ޗޯޕްރާ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އަމްބޯލީ ފުލުހުން ފިލްމީ ތަރި އަދި މަޝްހޫރު ނެށުންތެރިއާ ރާކީ ސާވަންތު ހައްޔަރުކޮށްފި އެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ފުލުހުން ރާކީ ސާވަންތު ހައްޔަރު ކުރީ ޝާލީން ޗޯޕްރާއާ ބެހޭ ގޮތުން ދޮގު ތުހުމަތުތަކެއް ކޮށް ގާނޫނާ ޚިލާފު ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ފިރިމީހާ ޢަދީލް ޚާން ދުއްރާނީއާ ގުޅިގެން އުފެއްދި ޑާންސް އެކަޑަމީ މެންދުރު ފަހު 3 ޖަހާއިރު ރަސްމީކޮށް ހުޅުވަން ތައްޔާރުވެފައި ވަނިކޮށް އޭނާ ހައްޔަރު ކުރީ ރަސްމިއްޔާތުގެ ކުރިންނެވެ.
ޝާލީން ޗޯޕްރާ ވަނީ އޭނާގެ ޓްވިޓާ މެސެޖް މެދުވެރިކޮށް ރާކީ ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ. މުމްބާއީގެ ސެޝަންސް ކޯޓުން ވަނީ ރާކީ ހައްޔަރު ކުރުމުގެ ކުރިން ކަފާލާތުގެ ދަށުން ހުށަހެޅި މައްސަލަ ބާތިލު ކޮށްފައެވެ.
ބަތަލާ ޝާލީން ޗޯޕްރާ، ރާކީއާ ދެކޮޅަށް މިދިޔަ އަހަރު މައްސަލައެއް ހުށަހެޅީ ދޮގު ތުހުމަތުތަކެއް ކޮށް އަބުރު ކަތިލުމާ ގުޅިގެންނެވެ.
Raki akee bathalaa eh noon
E ee item lava kulhnu mee he