ރާއްޖޭގެ ބައެއް ހިސާބުތަކަށް މިރޭ އުދައަރާފާނެ ކަމަށް ލަފާކުރެވޭތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.
މެންދަމު 03:30 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތް ހިއްސާކޮށް މެޓް އޮފީހުން މިއަދު ބުނީ، ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.
މިގޮތުން އުދައަރާނެ ކަމަށް ވަނީ ނ އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގައިވާ ރަށްތަކަށެވެ.
ވިއްސާރައިގެ ސަބަބުން ޢާންމުކޮށް ފެންބޮޑުވާ ރަށްރަށުން ފެންބޮޑުވެގެން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ.