އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ލ.އަތޮޅަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ލ.ފޮނަދުއާއި ގަމުގެ އެމްޑީޕީ މެންބަރުންނާ ބައްދަލު ކުރައްވާނެއެވެ.
މީގެއިތުރުން ރައީސްގެ މި ދަތުރުފުޅުގައި މާދަމާ އެ އަތޮޅު އިސްދުއާއި މާވަށަށް ވެސް ވަޑައިގަންނަވާނެއެވެ. އެ ރަށްރަށަށް ވަޑައިގެން ވެސް ޕާޓީގެ މެންބަރުންނާ ބައްދަލު ކުރައްވާނެއެވެ.
ރައީސް މިއަދު ވަނީ ށ.އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންފައެވެ.
ރައީސްގެ ލާމަށް ކުރައްވާ ދަތުރުފުޅު ނިންމަވައިލައްވާނީ މާދަމާގެ ވަގުތެއްގައެވެ.
އެއަށްފަހު މާލެ ވަޑައިގެން މާދަމާރޭ 20:30 ގައި އާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާ ބައިވެރިވެވަޑައިގަންނަވާނެއެވެ.