އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރެއްވުމަށް ނިންމަވާފައިވާކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙަށް ތާއީދުކުރައްވާކަން ސިރާޖު ހާމަކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެ ނިންމުން ނިންމެވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިޚާބަށް ނުކުތުން މުހިންމު ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ސިރާޖު ވިދާޅުވިއެވެ.
”..ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމަށް ނިންމައިފިން.“
ސިރާޖަކީ މީގެ ކުރިން ރައީސް މުޙައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި މެންބަރެކެވެ. އެ ގޮތުން މީގެކުރިން ސިރާޖު ވަނީ ރައީސް ޞާލިޙްގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.