ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުކަމަށް ކުރިމަތިލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ ”ސޯޝަލް“ އަށް ދެެއްވި ބަސްދީގަތުމެއްގައެވެ.
ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އީވާ ވިދާޅުވީ ރިޔާސީ ނިޒާމަކީ އޭނާ ގަބޫލު ކުރައްވާ ނިޒާމެއް ނޫން ކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުކަމަށް ކުރިމަތިލައްވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
”ރިޔާސީ ނިޒާމަކީ އަޅުގަނޑު ގަބޫލު ކުރާ އެއްޗެއް ނޫން.“
މި ބަސްދީގަތުމުގައި ކުރި އެހެން ސުވާލަކަށް ޖަވާބު ދެއްވަމުން އީވާ ވިދާޅުވީ މި ރާއްޖޭގައި ހުންނެވި އެންމެ ވިޝަނަރީ ލީޑަރަކީ ރައީސް މުޙައްމަދު ނަޝީދު ކަމަށާއި ކޮންމެ ކަމަކަށް ވެސް އެ މަނިކުފާނުގެ ވިޝަނެއް އޮންނާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ތާއީދުކުރައްވަނީ އެހެންވެ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
Barulamaaneenizaamakee thiyageyga gengilhey echehtha