އުތީމު ބޮޑުތަކުރުފާނު ކުރެއްވި ހިތްވަރުން ރަމްޒުކޮށްދެނީ ޤައުމުގެ ތަރައްޤީއަށް ދެވޭ އަހައްމިއްޔަތުކަން ކަމަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ.ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ޖައިޝަންކަރު މިހެން ވިދާޅުވީ ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އުތީމަށް ވަޑައިގެންނެވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.
ޖައިޝަންކަރު އުތީމަށް ވަޑައިގެންނެވީ އެ ރަށުގެ ތާރީޚީ ތަންތަން ބައްލަވައިލެއްވުމަށެވެ.
ދިވެހިބަހުން ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ ރާއްޖޭގެ ޤައުމީ ބަތަލް ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުގެ ހަނދާނީ މަރުކަޒަށް މިއަދު ޒިޔާރަތްކުރެއްވި ކަމަށާއި އެ މަނިކުފާނު ކުރެއްވި ހިތްވަރުން ރަމްޒުކޮށްދެނީ ގުޅިފައިވާ މާޒީއާއި ޤައުމުގެ ތަރައްޤީއަށް ދެވޭ އަހައްމިއްޔަތުކަން ކަމުގައެވެ.
ހިޔަޅު ވިސްނުމުން ނެރުނު ޔަހޫދީ ފަތުވާއެއް.