ޖަލުގައި ހުންނެވި އިދިކޮޅުގެ ލީޑަރު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާ ބައްދަލު ކުރެއްވުމުގެ ފުރުސަތު އެ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނަށް ލިބިވަޑައިގަތުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހެޔޮފުޅުކަން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން އިއްޔެ ރައީސް ޔާމީނާ ބައްދަލުކުރެއްވުމުން އެކަމަށް ޢިޝާރަތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރު ސަމީރު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ނުޙައްޤުން ހައްޔަރުކުރި ސިޔާސީ ލީޑަރުންނާ ބައްދަލު ކުރުމުގެ ފުރުސަތު ޕާޓީ ތަކަށް ދީފައިނުވާ ކަމަށެވެ. އަދި މިއަދު މި ފެންނަނީ ރައީސް ޞާލިޙްގެ ހެޔޮފުޅުކަން ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
”ރައީސް ޔާމީން ވެރިކަމުގައި ނުޙައްޤުން ޖަލުގައި ހައްޔަރުކުރި ސިޔާސީ ލީޑަރުންނާ ޕާޓީ ތަކުން ބައްދަލުކުރުމަށް ފުރުސަތެއްނުދިން. ރައީސް މައުމޫން, ރައީސް ނަޝީދު, ޖޭޕީގެ ލީޑަރު ޤާސިމް. ޢަދާލަތު ރައީސް އިމްރާނަށް އެ ފުރުސަތެއް ނުލިބުނު. މިއަދުގެ ރައީސް ޞާލިޙްގެ ހެޔޮފުޅުކަން އިޙްސާސް ވާނެ.“ ސަމީރު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕްގެ ބޭފުޅުން ރައީސް ޔާމީނާ ބައްދަލު ކުރެއްވުމުން އިމްރާން މިއަދު ވިދާޅުވީ އެކަމުން އަންގައިދެނީ އޭނާ ޖަލުގައި ހުންނެވިއިރު ކިތަންމެ އިހާނެތިކޮށް ކަންކުރި ނަމަވެސް މިއަދު ޒާތީވެ ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭކަން ކަމަށެވެ. އަދި އެކަމުން އަންގައިދެނީ ރައީސް ޞާލިޙްގެ ހިތްތިރިކަން ކަމަށެވެ.
Hey bali vedhaa ne jaluge gavaidhu hedee ibu solihu tha buraathi boan thashi
ސަމީރު ސަލާމަތުށް ތިހުރި ޔާމީނުގެ ރިވެތިއަހުލާގުގެ ރިވެތިނަމޫނާއެއް
ރައީސްގެހެޔޮފުޅުކަމުން ދޯ ހަރާމްހުކުމެއްކުރީ
Geega ithuru burien jehunee yaaminge heyokambaa
insaanee haqqu
އެތަށް ބަޔަކު ސާމިލް ވާކަމެއް ގަ 4 އަހަރުވަންދެން އެންމެ މީހެއްގެ ސަރީއަތް ހިންގީމަ ހެއުފުޅުކަން އެބައިނގޭ.ޔާމީނުނަމަ އެކަކަށްއަދަބެއް ނުދޭ ނެ ހެން ހީވަނީ.