އެމްޑީޕީގެ އެކްޓިވިސްޓުންނަށް އެންމެ ބޮޑު ބޭއިންސާފެއްވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ކަނޑިތީމަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ހަތް އަހަރު ވަންދެން މަގުމަތީގައި ތަހައްމަލު ކުރަންޖެހުނު ކަންތައްތަކަކީ ހަނދާން ނުނެތޭނެ ކަމެއް ކަމަށާއި ޕާޓީގެ މެންބަރުންގެ އަގުވަޒަން ކުރައްވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވައި އިންތި ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް އެންމެ ބޮޑު ބޭއިންސާފެއްވި, އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކީ ރައީސް ޞާލިޙް ކަމަށެވެ. އަދި ޕްރައިމަރީއަށްޓަކައި 39،900 އެކްޓިވިސްޓުންނާއި މެމްބަރުން ޕާޓީން ވަކިކިރުމަށްވުރެ ވަކި ބޮޑު ނާއިންސާފެއް ދެރައެެއް ނޯންނާނެކަމަށް ވެސް އިންތި ވިދާޅުވިއެވެ.
”މިއަދު އޮތީ ވަގު ނެޓްވޯކް އެޅިފައި. މާލޭ ސިޓީގެ ކައުންސިލު ވެސް ގެއްލިފައި. ޕްރައިމަރީއަށްޓަކައި މެންބަރުން ވަކިކޮށްފައި. ވަޒީފާގެ ބިރުދައްކަން ފަށާފައި“ އިންތި ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ވަކިކުރީ އެ މަނިކުފާނަށް ވޯޓު ދޭނެހެން ހީވާ މެންބަރުން ކަމަށެވެ.
Party thakun sarukaaru ufahdhanee activistun hiyhamajassaan kamah vaanama party nizaam vaanee qaumah huri nurahkalakah. Ehenee gina activistunnakee party therein najaaizu faidhaa hoadhan dhuvaa meehun.