ނިއު ޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
އެކަން މިއަދު އިއުލާންކުރައްވައި ވިދާޅުވީ ގައުމުގެ ހިންގުގެ ޒިންމާ އަދާކުރެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާއ އަންނަ މަހު އޭނަ އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެހެންވެ ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް ވެސް މިހާރު ނެތް ކަމަށް ވިދާޅުވި އެވެ. ޖަސިންޑާ، 42، ނިއު ޒީލޭންޑްގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވީ 2017 ގަ އެވެ. އަދި އޭނާ ވެފައި ވަނީ ނިއު ޒީލެންޑްގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް އެންމެ ޒުވާން ބޭފުޅާއަށެވެ.
އިސްތިއުފާ ދެއްވަން ނިންމެވިކަން ނޫސް ކޮންފަރެންސެއްގައި އިއުލާން ކުރައްވައ ޖަސިންޑާ ވިދާޅުވީ ހައެއްކަ އަހަރު ގައުމުގެ އެންމެ އިސް މަގާމު އަދާކުރެވިއްޖެ ކަމަށާއި މިކަމަކީ ފަސޭހަ ކަމެއް ވެސް ނޫން ކަމަށެވެ.
”ހަމަ ޔަގީނުން ވެސް ފާއިތުވި ހައެއްކަ އަހަރު ބޮޑެތި ގޮންޖެހުންތަކާ އަހަރެން ކުރިމަތިލައިފިން.“ މަޝްހޫރު ޓީވީ/ރޭޑިއޯ ޝަހުސިއްޔަތު ކްލާކް ޓިމޮތީ ގޭފޯލްޑްގެ އަނބިކަނބަލުން ވިދާޅުވި އެވެ.
ޖަސިންޑާ އަންނަ މަހު އިސްތިއުފާ ދެއްވަން ނިންމެވި އިރު، ނިއު ޒީލެންޑްގައި ދެން އާންމު އިންތިހާބެއް ބާއްވާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 14 ގަ އެވެ.