މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މުޙައްމަދު ފަޒީން ހަމަޖައްސައިފިއެވެ.
ބްރޯޑްކޮމްގެ ނައިބުގެ ގޮނޑި ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި އަޙްމަދު ގައިސް މި މަހުގެ 09 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
ބްރޯޑްކޮމްގެ މެންބަރުކަމުގެ މަޤާމަށް ފަޒީން އައްޔަން ކުރެއްވީ 2021 މާޗު 07 ގައެވެ.
ކުރިން ރާއްޖެ ޓީވީގައި މަސައްކަތް ކުރެއްވި ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާއިން އިންފޮމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
07 މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ މެންބަރު ގައިސް އިސްތިއުފާދެއްވުމުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.