އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ށ.އަތޮޅަށް ވަޑައިގެންފިއެވެ.
ރައީސް ޞާލިޙް ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އުތުރަށް ފުރާވަޑައިގަތީ އިއްޔެގައެވެ. އެ ގޮތުން އިއްޔެ ވަނީ ހދ.އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައިފައެވެ.
ރައީސް މިއަދު ށ.އަތޮޅުގެ ތިން ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މީގެ އިރުކޮޅެއް ކުރިން އެ މަނިކުފާނު ވަނީ ކަނޑިތީމަށް ވަޑައިގެންފައެވެ. އެ ރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.
ރައީސް ދެން ވަޑައިގަންނަވާނީ އެ އަތޮޅު މިލަންދުއާއި ފުނަދުއަށެވެ.
ރައީސްގެ ކެމްޕޭން ޖަލްސާއެއް މާދަމާރޭ މާލޭގައި ބާއްވަން ވެސް ވަނީ ހަމަޖައްސައިފައެވެ.