ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް ވިލިމާލޭގައި ފެށުމަށް ބޭނުންވާ މިނީ ބަސްތައް އެ ރަށަށް ގެންގޮސްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ވިލިމާލޭގައި ބޭނުންކުރަން އިލެކްޓްރޮނިކް ބަސްތަކެއް އެ ރަށަށް އެތެރެކޮށްފައިވާ ކަމަށެވެ.
އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ ތިމާވަށްޓާއި ރައްޓެހި ހަ އިލެކްޓްރޮނިކް ބަހެވެ. އެ ބަސްތަކުގައި 11 މީހުންނަށް ޖާގަ ހުންނައިރު, 4 މީހުން ނަށް ކޮޅަށްތިބެވޭނެ ޖާގަވެސް ހުންނާނެއެވެ.
އެމްޓީސީސީން ބުނީ ބަހުގެ ޚިދުމަތް ވިލިމާލެއަށް ފުޅާކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އަމާޒަކީ މި މަހުގެ 20 ވަނަ ދުވަހު ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަނިކޮށް އެ ރަށުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށަން ނިންމުމުން މުޢިއްޒު ވަނީ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދައިގެން މިކަން ކުރިއަށް ގޮސް ހަމަޖެހެނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމީ ސިޓީ ކައުންސިލްގެ މަޝްވަރާ އެއްވެސް ވަރަކަށް ނުހޯއްދަވާ ކަމަށެވެ. މުޢިއްޒު ވިދާޅުވީ ކައުންސިލުން ބަގީގެ ޚިދުމަތް ދޭން ނިންމީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވެސް ހޯދައިގެން ކަމަށެވެ.
”ކައުންސިލުން ހިންގާ ޚިދުމަތެއް ގޮތުގައި މިކަންކުރަން ވިލިމާލެ ރައްޔިތުން ބޭނުންވީވެސް“
މުޢިއްޒު ވިދާޅުވި ގޮތުން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރާށެވެ.