އެން ހިފަން އުޅުނު މަސް ދޯންޏެއް ފަރަކަށް އަރައިގެން ސިފައިން އެހީތެރިކަން ފޯރުކޮށް ދޭން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި ”ރޭވަން“ ދޯނި ފަރަށް އެރީ އެން ހިފަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައި ވަނީ ރޭ 10:40 ހާއިރެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިގޮތުން ކޯސްޓްގާޑު ސިފައިންގެ އެހީތެރިކަމާއެކު އެ ދޯނި ފުންކުރުމަށް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.
ހާދިސާ ހިނގިއިރު 40 ފޫޓުގެ އެ ދޯނީގައި ތިބީ ނުވަ ފަޅުވެރިންނެވެ. އަދި އެންމެންގެ ހާލު ވެސް ރަނގަޅެވެ.