އެ ކޯޓުން މިދިޔަ އަހަރު 2917 މައްސަލަ ނިންމާފައިވާކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
ސިވިލް ކޯޓުން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓަށް 5050 މައްސަލަ ހުށަހެޅިއެވެ.
އޭގެއިތުރުން 2021 ވަނަ އަހަރު ނުނިމި ހުރި 2740 މައްސަލައެއް މިދިޔަ އަހަރު އޮތެވެ.
އެ މައްސަލަތަކުގެތެރެއިން ނިންމުނީ 2917 މައްސަލައެވެ. އެހެންކަމުން ނުނިމި ހުރީ 4873 މައްސަލައެވެ.
އޭގެތެރެއިން 977 މައްސަލައަށް ވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ.