މީޑިއާ ނެޓަށް 9.3 މިލިއަން ރުފިޔާ ދައްކަން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) މައްޗަށް ސިވިލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މައްޗަށް މީޑިއާ ނެޓަށް 9.3 މިލިއަން ރުފިޔާ ދައްކަން ޙުކުމްކުރީ އެ ކުންފުނިން މީޑިއާ ނެޓުން ހޯދި ޚިދުމަތްތަކަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާއާއި އެ ފައިސާ ނުދެއްކުމުން އިންޓްރެސްޓްގެ ގޮތުގައި އެރި 4.2 މިލިއަން ރުފިޔާ ހޯދަން މީޑިއާ ނެޓުން ދަޢުވާ ކުރުމާ ގުޅިގެންނެވެ.
އެ ގޮތުން ޚިދުމަތުގެ އަގާއި އިންޓްރެސްޓަށް އެރި ފައިސާއާއެކު 9.3 މިލިއަން ރުފިޔާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެތެރޭގައި ދައްކަން ޕީއެސްއެމްގެ މައްޗަށް ވަނީ ޢަމުރުކޮށްފައެވެ.
ޕީއެސްއެމްއިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ އެ ފައިސާ ދައްކަން ވެސް މީގެކުރިން ޕީއެސްއެމްގެ މައްޗަށް ޙުކުމްކުރިއެވެ.