ވޯޓާ ދިމާކޮށް ގޯތި ދޭން ބުނުމަކީ ރިޝްވަތުދިނުން ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ރައީސް ނަޝީދުގެ ކެމްޕޭން ޖަގަހައެއް ހުޅުވަން މިރޭ ބޭއްވި ހަރަކާތުގައި އެ މަނިކުފާނު ވިދާޅުވީ މިދިޔަ ފަސް އަހަރު ވެސް މާލޭގައި ބިންތައް ހުރިއިރު ގޯތި ދިނުމުގެ ކަންކަން ނުކޮށް ވޯޓާ ދިމާކޮށް މިއަދު ގޯތި ދޭނެކަމަށް ބުނެ ވާހަކަ ދައްކަންޖެހޭ ަސަބަބެއް ނެތް ކަމަށެވެ.
“މިއަދު މާލޭ ރައްޔިތުންގެ ގާތުގައި ވޯޓަށް ހަފުތާއަކަށްވެފައި ވަނިކޮށް ގޯތި ދޭނަމޭ ބުނީމާ އެއީ ޙަޤީޤަތުގައި ފުރަތަމަ ކަމަކަށް ރިޝްވަތު ދޭނެކަމަށް ބުނާ ބުނުމެއް.“ އެއީ ޤާނޫނާ ވެސް ޚިލާފުކަމެއް ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކަމަކަށް ބޭނުންވެފައި ތިބި ނިކަމެތިންގެ މުހުތާދުތަކުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުން ގަނެވިއްކާ އުސޫލު ގެންގުޅުމަކީ އެ މީހުންގެ ގަދަރާއި ޢިއްޒަތަށް އަރައިގަތުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ގޯތި ދޭނެކަމަށް ބުނާ ބުނުމަކީ ވޯޓަށް ދައްކާ ވާހަކައެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.
ތިމާ ދޯ މިވާހަކަ ދެއްކީ…