.ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން މިރޭ ވެސް އަޑުއުފުލަން ނިކުމެއްޖެއެވެ.
ވ.އާރަށު މައްސަލައިގައި ރައީސް ޔާމީނަށް އުފުލި ދެ ދަޢުވާ ސާބިތުވެ އެ މަނިކުފާނު މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްމުންނެވެ. ކްރިމިނަލް ކޯޓުން އެ މަނިކުފާނު ޖަލަށްލުމަށް ޙުކުމްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
އެ ދުވަހުން ފެށިގެން އެ މަނިކުފާނުގެ ސަޕޯޓަރުން ކޮންމެ ރެއަކު މަގުތަކަށް ނިކުމެ ދަނީ އަޑުއުފުލަމުންނެވެ.
އިދިކޮޅު ކޯލިޝަން ލީޑާޝިޕްގެ ބައެެއް ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް އެ މަނިކުފާނުގެ ސަޕޯޓަރުން މިރޭ ވެސް ނުކުގެ ގޮވައިލަމުންދަނީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ޔާމީން މިނިވަން ކުރަން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވެސް ބުނެފައެވެ. އަދި އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓަކީ އެ މަނިކުފާނުކަމަށް އަދިވެސް ދަނީ ބުނަމުންނެވެ.