އިންތިޚާބާ ދިމާކޮށްވިޔަސް އިންތިޚާބުގެ ކުރިންނާއި ފަހުން ވެސް ހެޔޮ ވާހަކަ ދައްކާ މީހުން އެ ޒިންމާ އަދާކުރާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށި ފަހުން އިމްރާން ގެންދަވަނީ މި ޒާތުގެ ޓުވީޓުތައް ކުރައްވަމުންނެވެ.
މިއީ ވަކި ކޮންކަމަކާ ގުޅިގެން ކުރެއްވި ޓުވީޓެއް ކަމެއް ސާފެއް ނޫނެވެ.
ވިދާޅުވީ އިންތިޚާބާ ދިމާކޮށްވިޔަސް އިންތިޚާބުގެ ކުރިންނާއި ފަހުން ވެސް ހެޔޮ ވާހަކަ ދައްކާ މީހުން އެ ޒިންމާ އަދާކުރާނެ ކަމަށެވެ. އަދި ބަޔަކު މީހުންނަށް އަޑުއެހުމެއްގެ ގާބިލުކަން ނެތުން އެއީ މުޅިން ތަފާތުކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.