ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގަތް ވަޢުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ހދ.ކުމުންދޫގައި ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭނު ޖަލްސާގައި ދެއްކެވި ވާހަކައިގައި ރާއީ ވިދާޅުވީ ތަރައްޤީގެ ވާހަކަ ދައްކާއިރު ދައްކަން ޖެހެނީ ހަމައެކަނި ނުވެ ހުރި ކަންކަމުގެ ވާހަކައެއް ނޫން ކަމަށާއި ދިމާއަށް ފެންނާން ހުރި ކަންކަމުގެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އެ ގޮތުން މެންބަރު ރާއީ ވަނީ ކުމުންދޫ ދާއިރާގައި ނިމިފައި ހުރި މަޝްރޫޢުތަކާއި ހިނގަމުންދާ މަޝްރޫޢުތަކާއި އަންނާން ހުރި ކަންކަމުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
މީގެއިތުރުން ރާއީ ވަނީ ކޮވިޑުގެ ހާލަތުގައި ސަރުކާރުން ކަންކަން ވަރަށް ރަނގަޅަށް މެނޭޖުކުރިކަން ވެސް ފާހަގަކުރައްވައިފައެވެ.
ރާއީ އިތުރަށް ވިދާޅުވީ ޞާލިޙް ވެވަޑައިގަތް ވަޢުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި ރާއީ ވަނީ ރައީސް ޞާލިޙް ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށާއި ބޮޑު ތަފާތަކުން “ރައީސް އިބޫ“ ހޮވާނެކަމަށް ވެސް ވިދާޅުވެފައެވެ.
ރާއީގެ ވާހަކައިގައި ވަނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ވިދާޅުވީ އެ ދާއިރާއަށް ހަމަ އެއްވެސް ކަމެއް ނުކޮށްދެވޭ ކަމަށާއި ނޭކުރެންދުއަކީ އެންމެ ކުޑަ މިނުން އޮތް ރަށެއްކަން ވެސް އެ ސަރުކާރަށް ނޭނގޭ ކަމަށެވެ.
Thikiaa raees Iburaahim vaudhuthah ranun ranah fudhdhaane kamah thi govanee ranun ranah ee maamolhu gotheh kamah thoa? Foni kandaanamey hithaa thaneh dhoreh neygi thibe thi kiaa ranun ranakee kiriaaey fudhunee bunumaa bunaa baheh, misaalakah miadhu mendhuru kekki kaaechchethi Hama kiriaa ranun ranah fudhunee nuvatha ekkon husvejje Hama ranun ranah dhen neh kudaves ethikolheh nethiyyey Hama,.