ބުދަ, މާރޗް 22, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޖެނުއަރީ 18, 2023
ޚަބަރު
0
މަސްދަރު ހާމަކުރަން މަޖުބޫރުކުރާ މާއްދާ އަނބުރާ ގެންދިއުމަށް ބްރޯޑްކޮމްއިން ގޮވާލައިފި

މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއިބެހޭ އުސޫލްތައް ބަޔާންކުރާ ހެއްކާބެހޭ ބިލަށް މިއަދު ޢަމަލުކުރަން ފަށައިފިއެވެ. ހެއްކާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18ވަނަ ދުވަހުއެވެ. އެ ޤާނޫނު ބަޔާންކުރާގޮތުން ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ އެ ޤާނޫނު ތަސްދީޤްކުރައްވާ ތާރީޚުން ފެށިގެން 6 މަސް ދުވަހުން ފަހުންކަމަށެވެ.

ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ ޢާންމު އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނު ބޭނުމަކީ، 1976 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ހެއްކާބެހޭ ޤާނޫނަކީ، ޒަމާނާއެއް ގޮތަށް ބައްދަލުކޮށްފައިވާ ޤާނޫނަކަށް ނުވުމުން ހެއްކާބެހޭ ތަފްޞީލީ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމެވެ.

މި ޤާނޫނުގައި ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރުން މަޖުބޫރުވާ ގޮތަށް އޮތް މާއްދާއާއި ގުޅިގެން ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތަށް ނުރައްކާވާ ކުށްތައް ބަޔާންކޮށްދީފައި ނުވާއިރު، އެފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެތީ ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެހެންކަމުން އެ މާއްދާ އިޞްލާހުކުރުމަށް ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ހުށައަޅާފައެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެފައިވަނީ، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކާއި، ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން މަޖިލީހަށް ހުށައެޅުއްވި އިޞްލާހުގައި ތަފްސީލްކޮށްދީފައި ވާނެކަމަށެވެ. އެގޮތުން ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިޞްތިޤްލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ ޢަމަލުތައް އެކުލެވޭ ކުށްތައް ކަމާއި، ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ކަނޑައެޅުމަށް އިސްލާހުގައި ހިމަނާފައިވާނެކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރަށް ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައެޅުމަށާއި، އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުންކަމަށް ކަނޑައެޅުމަށްވެސް އިސްލާހުގައި ހިމަނާފައިވާނެކަމަށްވެސް އެ އޮފީހުން ވިދާޅުވެފައިވެއެވެ.

ހެއްކާއި ބެހޭ ޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުޞޫލު ކަމުގައިވާ ހެކީގެ އުޞޫލު ތަފްޞީލުކޮށް ޤާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

4 ކިލޯގެ ޑްރަގާއެކު 5 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ގާނޫނުގައި ނެތުމުން ދޫކޮށްލައިފި

މާރޗް 21, 2023
ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

މާރޗް 21, 2023
ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

މާރޗް 21, 2023
ހަނދު ސާބިތުކުރުމުގެ ޖަލްސާ ހުކުރުދުވަހުގެރޭ

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

މާރޗް 21, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In