އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އިތުރު މަޝްރޫޢުތަކެއް ހިންގަން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން ނ.މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކުރި ތިން އެއްބަސްވުމަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން މުޖުތަމަޢުއަށް ފައިދާހުރި މަޝްރޫޢުތައް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި ފެށުމުގެ އެއްބަސްވުމާއި ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ އެއްބަސްވުމާއި, ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައެވެ.
މީގެއިތުރުން އިންޑިއާއިން ވަނީ އެމްއެންޑީއެފަށް ދެ ސީ އެމްބިއުލާންސް ވެސް ހަދިޔާކޮށްފައެވެ.