ރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު އެއްބަސްވެވަޑައިގެންފި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސަޢުދުﷲ އަޙްމަދު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ދުންޔާ ވިދާޅުވީ ދިވެހިރާއްޖެއަކީ އެހެން ޤައުއުމެއްގެ ބައެއް ކަމަށް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު ވިދާޅުވެއްޖެ ކަމަށެވެ.
އެއީ ސަރުކާރުގެ ވިސްނުން ނޫން ކަމަކަށް ފޮރިން މިނިސްޓްރީން އަދިވެސް ނުބުނާ ކަމަށް ދުންޔާ ވިދާޅުވިއެވެ.
އެހެންކަމުން ފޮރިން މިނިސްޓަރު ހަނު ހުރުމަކީ ސްޓޭޓް މިނިސްޓަރު ދެއްކި ވާހަކަ އާ އެއްބަސްވެވަޑައިގަތުން ކަމަށް ދުންޔާ ވިދާޅުވިއެވެ.