އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރު ރާއްޖެ ވަޑައިގެންފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރަށް ނ.މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު ޝާހިދާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ނ.އަތޮޅު ކައުންސިލުގެ ރައީސްއާއި މާފަރު ކައުންސިލު މެންބަރުންނެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
އޭގެއިތުރުން ފޯކައިދޫގައި ގާއިމުކޮށްފައިވާ ކޮމިއުނިޓީ ސެންޓަރު އިފްތިތާހު ކޮށްދެއްވާނެއެވެ.
ހަމައެއާއެކު ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދާ ދެބޭފުޅުންގެ މަޝްވަރާތައް ކުރިއަށްދާނެއެވެ. އެ ބައްދަލުވުން އޮންނާނީ ނ.މަނަދޫގައެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އުތީމަށް ވަޑައިގެން އެ ރަށުގެ ތާރީޚީ ތަންތަނަށް ވެސް ޒިޔާރަތް ކުރައްވާނެއެވެ.