އިންޑޮނޭޝިއާއަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެއެވެ.
އިންޑޮނޭޝިއާގެ މޮލުއްކަސްއަށް އައި މި ބިންހެލުން އައިކަމަށް އެންމެ ފުރަތަމަ ރެކޯޑުކޮށްފައިވަނީ ރެކްޓާ މިންގަނޑުން 7.1 މެގްނިޓިއުޑްގައެވެ. ނަމަވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ހާމަކުރި ގޮތުގައި މި ބިންހެލުން އައީ ރެކްޓާ މިންގަނޑުން 7.2 މެގްނިޓިއުޑްގައެވެ.
ބިންހެލުން އައިކަމަށް ރެކޯޑުކުރެވިފައިވަނީ ރާއްޖޭ ގަޑިން މިއަދު 11:06 ގައެވެ.
މާލެއާއި އެ ސަރަހައްދާ ދެމެދު 5948 ކިލޯމީޓަރު ހުރިއިރު މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ދެންމެ ވަނީ ބުނެފައެވެ.