އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މާދަމާ ހުވަދު އަތޮޅަށް ފުރާވަޑައިގަންނަވާނެކަމަށް އެ މަނިކުފާނުގެ ކެމްޕޭން ޓީމުން މިއަދު ބުނެފިއެވެ.
ރައީސް ނަޝީދު މާދަމާ ހަވީރު 16:00 ގައި ވަޑައިގަންނަވާނީ ތިނަދުއަށެވެ.
އެ ގޮތުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ މެމްބަރުންނާއި އެ މަނިކުފާނަށް ސަޕޯޓްކުރައްވާ ހުރިހާ ބޭފުޅުން ތިނަދޫ ރަސްމީ ފާލަން ދޮށަށް ވަޑައިގަތުމަށް ކެމްޕޭން ޓީމުން ވަނީ ދަޢުވަތު އަރުވައިފައެވެ.
ރައީސް ނަޝީދު ހުވަދު އަތޮޅަށް ކުރާ ދަތުރުފުޅު ނިންމަވައިލައްވާނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
އެ މަނިކުފާނު އިއްޔެ ވަޑައިގެންނެވީ ކ.އަތޮޅާއި ޅ.އަތޮޅުގެ ރަށްތަކަށެވެ.