ހދ.ހަނިމާދޫން އެންމެ ފަހުން ގޯތި ދޫކުރިތާ ދޮޅަހަކަށް އަހަރު ފަހުން 200 ގޯތި ދޫކޮށްފިއެވެ.
ގޯއްޗަށް އެދި ކުރިމަތިލާން ފުރުސަތު ހުޅުވައިލީ މިދިޔަ އަހަރު ފެބްރުއަރީގައެވެ. އެ ފުރުސަތުގައި 500 އަށްވުރެ ގިނަ މީހުން ގޯއްޗަށް އެދި ހުށަހެޅިއެވެ.
2000 އެއްހައި އާބާދީއެއް އޮންނަ ހަނިމާދޫ ކައުންސިލުން ބުނީ އޭގެތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރުއަތު ނަގައިގެން 200 ގޯތި މިހާރު ދޫކޮށްފައިވާ ކަމުގައެވެ.
އެ ގޯތިތަކުގެ އިން ވަކިކުރުން ކުރުމާއި ރަޖިސްޓްރޭޝަންގެ މަސައްކަތްތައް ފަށަން ކައުންސިލުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ކައުންސިލުން ވަނީ މި އަހަރު އިތުރު 200 ގޯތި ދޫކުރަން ހުޅުވައިލަން ވެސް ނިންމާފައެވެ.