ގއ.ވިލިނގިލީގައި ޢިމާރާތްކުރާ 50 ރޯހައުސްގެ ބިންގާ އަޅައިފިއެވެ.
ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ހުސައިނާއި، ރަށު ކައުންސިލް މެމްބަރުންނެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ރޯހައުސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖޫންމަހުއެވެ.
ވިލިނގިލީގައި ޢިމާރަތް ކުރަން ހަމަޖެހިފައިވަނީ 700 އަކަފޫޓުގެ 50 ރޯހައުސްއެވެ.